The President's Office

The Parliament

Attorney General's Office

Office of the Commissioner of Elections

Maldivian Democratic Party

Adhaalath Party

Islamic Democratic Party

ޑީއާރޕީގެ ށ. ފުނަދޫ އޮފީސް ޒަޢީމް މިއަދު ހުޅުއްވާ ދެއްވައިފި

11 މޭ 2008

މިއަދު ހެދުނު ށ. ފުނަދޫގައި ޑީއާރޕީގެ އޮފީސް ހުޅުވައިފިއެވެ. މިއޮފީސް ހުޅުވައި ދެއްވީ ޕާޓީގެ ޒަޢީމް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް އެވެ.
މިއަދު ހެނދުނު 9:30 ގައި ޒަޢީމް ހުޅުއްވާ ދެއްވި މި އޮފީހަކީ މިގޮތުން ޒަޢީމް ހުޅއްވާދެއްވި ށ. އަތޮޅުގެ ފުރަތަމަ ޕާޓީގެ އޮފީހެވެ. މީގެ ކުރިން ޕާޓީގެ ޒަޢީމް ވަނީ ޕާޓީގެ އޮފީސް ބ. އޭދއފުށީގައާއި، ގދ. ތިނަދޫގައާއި ގއ. ވިލިގިލީގައާއި، އއ. މަހިބަދުގައާއި، ހދ.ކުޅުދުއްފުށީގައި ހުޅުއްވާ ދެއްވާފައެވެ. ......... އިތުރަށް ވިދާޅުވޭ

^Top
ދިވެހި ރައްޔިތުންގެ ޕާޓީގެ 30 ވަނަ ޢާންމު ބައްދަލުވުން ޢިމާދުއްދީން ސްކޫލުގައި ބާއްވައިފި

09 މޭ 2008
ޢިމާދުއްދީން ސްކޫލުގައި ރޭ ބޭއްވި ދިވެހި ރައްޔިތުންގެ ޕާޓީގެ 30 ވަނަ ޢާންމު ބައްދަލުވުމަކީ ފަހަކަށް އައިސް ޕާޓީން ބޭއްވި އެންމެ ފޯރިގަދަ އެއްބައްދަލުވުމެވެ. ސިވިލްސާވިސްގެ ޤާނޫންއަށް ޢަމަލުކުރުން ކުރިއަށް މިދާ މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފައްޓަވާފައިވުމާއި އެކުވެސް ޑީއާރުޕީއަށް ނިޞްބަތްވެވަޑައިގަންނަވާ ވަރަށް ގިނަ ޢަދަދެއްގެ މެންބަރުންނާއި ހެޔޮ އެދިވަޑައިގަންނަވާ ފަރާތްތަކުން ރޭގެ ބައްދަލުވުމަށް ޙާޒިރުވެވަޑައިގެންތިއްބެވިއެވެ. ޢިމާދުއްދީން ސްކޫލުގެ މައިހޯލުގެ އިތުރުން ގޯތިތެރޭގައި އެތުރިފައިވާ ހުރިހާ ގޮނޑިތަކެއް ފުރިގެން ދިޔަކަމީ މިކަމުގެ ފުރިހަމަ ހެއްކެކެވެ. މާލޭގައި ބޭއްވެމުންދިޔަ ޕާޓީގެ 30 ވަނަ ޢާންމު ބައްދަލުވުން މުޅިދުނިޔެއަށްފެންނާނޭހެން ޕާޓީގެ ސައިޓު މެދުވެރިކޮށް ވަގުތުން ވަގުތަށް ބެލޭނޭ އިންތިޒާމްވަނީ ރޭވިފައެވެ. ޕާޓީގެ ސައިޓުމެދުވެރިވެގެން މުޅިދުނިޔެއަށް އޯޑިއޯ އަދި ވީޑިއޯއާއި އެކު ޖަލްސާ ފޮނުއްވާދިނުމުގެ މަސައްކަތްކުރިއަށް ގެންދެވީ ރާއްޖެއޮންލައިން އިންނެވެ. އެފް. އެމް.ރޭޑިއޯ ސްޓޭޝަނެއް ކަމުގައިވާ ކެޕިޓަލްރޭޑިއޯ މެދުވެރިކޮށް ޖަލްސާގެ އަޑު ވަގުތުން ދުރަށްފޮނުވުނެވެ. ރޭގެ ޖަލްސާ އެކިގޮތްގޮތުން އަޑުއެހި ފަރާތްތަކުގެ ޢަދަދު ބައިލައްކައަށްވުރެ ގިނަވާނެއެވެ. . ......... އިތުރަށް ވިދާޅުވޭ

^Top
އދ.ގެ ވަފުދު ދިވެހި ރައްޔިތުންގެ ޕާޓީގެ ބޭފުޅުންނާ ބައްދަލު ކުރައްވައިފި
6 މޭ 2008

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އދ.ގެ ފެކްޓް ފައިޑިން ޓީމުގެ ބޭފުޅުން ދިވެހިރައްޔިތުންގެ ޕާޓީގެ އިސްބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
ދިވެހި ރައްޔިތުންގެ ޕާޓީގެ މައި އޮފީހުގެ ޖުމްހޫރީ މާލަމުގައި މިއަދު 11 ޖެހިއިރު ބޭއްވި މިބައްދަލު ކުރެއްވުމުގައި ވާހަކަ ފުޅު ދައްކަވަމުން ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރ އަނިސާ އަހުމަދު، އދ.ގެ ވަފްދު ޑީއާރޕީގެ މެންބަރުންނާ ބައްދަލުކުރެއެވި ކަމަށްޓަކާ އެވަފްދުގެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.......... އިތުރަށް ވިދާޅުވޭ
^Top
ޑީ.އާރު.ޕީ އަށް ލިބެމުންދާ ބޮޑެތި ކުރިއެރުންތައް ފާހަގަކުރުމަށް ޕާޓީގެ ހިތަދޫ ގޮފިން ޚާއްޞަ ޙަފްލާއެއް ބާއްވައިފި

4 މޭއި 2008

ދިވެހި ރައްޔިތުންގެ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގައާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައާއި އެހެނިހެން ދާއިރާތަކުގައި ފަހަކަށް އައިސް ލިބެމުންދާ ބޮޑެތި ކުރިއެރުންތައް ފާހަގަކުރުމަށް ޕާޓީގެ ހިތަދޫ ގޮފިން ރޭ ޚާއްޞަ ޙަފްލާއެއް ބާއްވައިފިއެވެ. ހިތަދޫ ގޮފީގެ މައި އިދާރީ އޮފީހުގެ ގޯތިތެރޭގައި ބޭއްވުނު މިޙަފްލާ ޝަރަފުވެރިކޮށްދެއްވީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރު، ފ. އަތޮޅުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އަންވަރު ޢަލީއެވެ.......... އިތުރަށް ވިދާޅުވޭ

^Top
ދިވެހިރައްޔިތުންގެ ޕާޓީން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

3 މޭ 2008

ދިވެހި ރައްޔިތުންގެ ޕާޓީން ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިއަދު ޕާޓީގެ ޖުމްހޫރީ މާލަމުގައި ބާއްވައިފިއެވެ. މިބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރ އަލްފާޟިލާ އަނީސާ އަޙުމަދާއި ޕާޓީގެ ރަޖިސްޓްރާ އަދި ޗީފް ސްޕޯކްސްމަން އަލްފާޟިލް އިބްރާހީމް ޝާފިއުއެވެ.......... އިތުރަށް ވިދާޅުވޭ

^Top
ނޫސް ބަޔާން
ނަންބަރު: NR 013/2008 A
ތާރީޚު: 01 މޭ 2008

މިއަދު މިޢަމަލުކުރަން ފެށޭ ޤާނޫނުގެ ދަށުން ސަރުކާރުން ވަކިވެވަޑައިގަންނަވަންޖެހޭ އެންމަހައި ލޮބުވެތި އަދި ޢިއްޒަތްތެރި ބޭފުޅުންނަށް ޑީ.އާރ.ޕީން ހިފެހެއްޓުމެއްނެތް ޝުކުރާއި ތަޢުރީފް

ސިވިލް ސަރވިސްގެ ގާނޫނަށް އަމަލު ކުރައްވަން ފައްޓަވާ ދުވަހުން ފެށިގެން ސަރުކާރުގެ ވަޒީފާގައި އުޅުއްވާ ބެފުޅުންގެ ތެރެއިން އުމުރުން 65 އަހަރު މަތީގެ ބޭފުޅުން ސަރުކާރުގެ ވަޒީފާއިން ކުއްލިއަކަށް ވަކިވެވަޑައިގަންވަން ޖެހިވަޑައިގަންނަވާކަމީ، އެކަމާ ޑީ.އާރ.ޕީން ކަންބޮޑުވާ އަދި ހިތާމަކުރައްވާ ކަމެކެވެ. އަދި މިވަގުތަކީ އެބޭފުޅުންނަށާއި އެބޭފުޅުންގެ ލޮބުވެތި އާއިލާތަކަށް އެކަމުގެ މޮޅިވެރިކަމާއި ހިތާމަ އިހްސާސް ކުރެއްވޭ ވަގުތެއްކަމަށް ވުމާ އެކު، ޑީ.އާރ.ޕީން އެހިތާމާގައި އެބޭފުޅުންނާއި އެކު ބައިވެރިވާ ވާހަކަވެސް ދަންނަވަމެވެ.
........ އިތުރަށް ވިދާޅުވޭ

^Top
ޑީ.އާރ.ޕީގެ 32 ވަނަ ކައުންސިލު ޖަލްސާ ބާއްވައިފި

30 އޭޕްރީލް 2008

ރޭގެ 2100 ގައި ޑީ.އާރ.ޕީގެ މައި އޮފީހުގައި ޑީ.އާރ.ޕީގެ ކައުންސިލުގެ 32 ވަނަ ބާއްވާވައިފިއެވެ. ޕާޓީގެ ޒައީމް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް ރިޔާސަތު ބެލެހެއްޓެވި މިޖަލްސާގައި އެޖެންޑާ ކުރެވި މަޝްވަރާކުރެވުނު އެންމެ މުހިންމުއެއްކަމަކީ ސިވިލްސާރވިސަސްގެ ޤާނޫނު ތަންފީޒް ކުރަންފެށުމާއި ގުޅިގެން ޑީ.އާރ.ޕީގެ ކައުންސިލުގެ ހިމެނިވަޑައިގަންނަވާ ސިވިލްސާރވިސްގެ ބޭފުޅުންނާއި ޕާޓީގައި އިސްކޮށްހަރަކާތްތެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް ޕާޓީގެ ހަރަކާތްތަކުގައި އަމަލީގޮތުން ހަރަކާތްތެރިވެ ވަޑައިނުގެންނެވޭނެތީވެ އެކަމާ ގޮތެއްނިންމުމެވެ. މިގޮތުން ސިވިލްސާރވިސަސް އިޚްތިޔާރު ކުރަށްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެބޭފުޅުން ޕާޓީއަށް ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅަށް ޒަޢީމް އަދި ކައުންސިލުގެ ހުރިހާ މެންބަރުން ޝުކުރުއަދާކުރެއްވިއެވެ. . ......... އިތުރަށް ވިދާޅުވޭ

^Top
No: NR 012/2008 A
Date: 28th April 2008
The Parliament has confidence in the Home Minister

The vote of no confidence taken in the Parliament failed today with a high majority.
DRP believes that the fact the vote failed is proof of the overwhelming trust the people have in the government and in the Home Minister who has earned the respect of the people.......... Read More

^Top
ނޫސް ބަޔާން
ނަންބަރު: NR 012/2008 A
ތާރީޚު: 28 އޭޕްރީލް 2008

ހޯމް މިނިސްޓަރަށް މަޖިލީހުގެ އިތުބާރު އެބައޮތް

މިއަދުކަމުގައި ދިވެހި ރައްޔިތުންގެ ޕާޓީން ޤަބޫލުކުރަމެވެ. ޢަބްދުﷲ ކަމާލުއްދީނަކީ، ރައްޔިތުންގެ ޚިދުމަތުގައި އެކިއެކި ޙައިޞިއްޔަތުން އަގުހުރި މަސައްކަތްތަކެއް ކުރައްވާ، ރައްޔިތުންގެ އިޙްތިރާމް ހޯއްދަވާފައިވާ އިޚްލާޞްތެރި ބޭފުޅެކެވެ.
ރާއްޖެއަށް އަންނަމުން މިދާ ސިޔާސީ އަދި އިޖްތިމާޢީ ހެޔޮބަދަލުތަކުގެ ތެރެއިން ދިވެހި ރައްޔިތުންގެ މަންފާއާއި ލާބައަށް ހަދަންޖެހޭ ޤާނޫނުތަކާއި ބެހޭގޮތުން ބަޙުޘްކުރުމާއި ޤާނޫނުތައް ފާސްކުރުމުގެ މަސައްކަތްތަކަށް ދަތިވާގޮތަށް، ރައްޔިތުންގެ މަޖިލީހުގެ މަދު މެންބަރުންކޮޅެއް މަސައްކަތް ކުރަމުން ގެންދާކަމީ، ދިވެހި ރައްޔިތުންގެ ޕާޓީން ކަންބޮޑުވެ ހިތާމަ ކުރާކަމެއް ކަމުގައި ހާމަކުރަމެވެ....... އިތުރަށް ވިދާޅުވޭ

^Top
No: NR 011/2008 A
Date: 20th April 2008
DRP Leader will campaign according to the Law
The largest political party in the Maldives, the Dhivehi Rayyithunge Party (DRP) wishes to highlight that the article published in Miadhu daily’s 17 May 2008 edition contains a series of the false accusations and erroneous claims

The article, titled “Proposed abolition of Election Law not sincere Fmr. AGs” alleges that the DRP Council had ‘advised’ Party Leader Gayoom to ‘halt’ his re-election campaign. The fact that the DRP Leader’s presidential election campaign had so far not begun makes evident the absence of any logic in the author’s assertions. ......... Read More
^Top
ނޫސް ބަޔާން
ނަންބަރު: NR 011/2008 A
ތާރީޚު: 20އޭޕްރީލް 2008

ޑީ.އާރު.ޕީ. ގެ ޒަޢީމު ކެމްޕޭން ކުރައްވާނީ، ޤާނޫނު ތަންދޭ ގޮތެއްގެމަތިން


މިމަހުގެ 19 ވަނަ ދުވަހު މިއަދު ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރެއްގައިވާ ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޑީއާރުޕީގެ ޒަޢީމުގެ ރަނިންގްމޭޓަކަށް ޑީއާރުޕީން ވަކިބޭފުޅަކަށް ބުރަވާކަމަށް ލިޔެފައިވާ ލިޔުމަކީ އެއްވެސް ހަޤީޤަތެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެއް ނޫންކަމަށް ޑީއާރުޕީން ހާމަކުރަމެވެ

ރިޔާސީ އިންތިޚާބުގެ ކެމްޕޭން، ޑީ.އާރު.ޕީ. ގެ ޒަޢީމު އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އަދި ފަށްޓަވާފައެއް ނުވެއެވެ. ޤާނޫނު ނަންބަރު 98/1 ގެ ދަށުން މިވަގުތު ކެމްޕޭން ކުރުމަކީ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލަކަށްވާތީ، އެ ޤާނޫނަށް އިޞްލާޙު ގެނެވި، ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމަށް ޤާނޫނީގޮތުން މަގުފަހިނުވާހާ ހިނދަކު، ޑީ.އާރު.ޕީ. ގެ ޒަޢީމު ކެމްޕޭން ކުރައްވާކަށް ނުފަށްޓަވާނެއެވެ......... އިތުރަށް ވިދާޅުވޭ

^Top
ޑީއާރުޕީގެ ދަޢުވަތަކަށް ރޭ މާލެ ވަޑައިގެންނެވި ޗައިނާގެ ވެރިކަން ކުރާ ސީ.ޕީސީ ގެ ވަފުދު މިއަދު ޑީއާރުޕީގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

16 އޭޕްރީލް 2008
ރޭ މާލެވަޑައިގެންނެވި ސީ.ޕީ.ސީގެ ޑެލިގޭޝަން އަށް މަރުޙަބާ ދެންނެވުމަށް މާލޭ ބައިނަލް އަޤްވާމީ ވައިގެ ބަނދަރަށް ވަޑައިގެން ތިއްބެވީ ޕާޓީގެ ނާއިބު ޒަޢީމް އޮނަރަބަލް އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީއާއި ޕާޓީގެ ރެޖިސްޓަރާރ އަދި އިސްތަރުޖަމާން އޮނަރަބަލް އަލްފާޟިލް އިބުރާހީމް ޝާފިޢުގެ އިތުރުން ޕާޓީގެ ކައުންސިލްގެ ޒުވާނުންގެ ގޮފީގެ ނާއިބުރައީސް އަލްފާޟިލް އަޙްމަދު މަޙްލޫފާއި، ޕާޓީގެ ޕޮލިސީ ކޯޑިނޭޓަރ އަލްފާޟިލާ ޙިންނާ ޚާލިދުއެވެ. ......... އިތުރަށް ވިދާޅުވޭ
To View Photo's of CPC Delegation in Maldives Press This Link

^Top
ނޫސް ބަޔާން
ނަންބަރު: NR-10/2008-A
ތާރީޚް: އޭޕްރީލް 2008
ނޫސް ބަޔާން

ޑީ.އާރ.ޕީން ރިޔާސީ އިންތިޚާބުގެ ކެމްޕޭން ކުރާނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތަށް


ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް، ބައެއް ސިޔާސީ ޕާޓީ ތަކުންނާއި ސިޔާސީ ފަރާތްތަކުން ކެމްޕޭން ކުރަމުން ދާއިރު، ޑީ.އާރ.ޕީން ރިޔާސީ އިންތިޚާބަށް ކެމްޕޭން ނުފަށްޓާތީ އެކަމާ ޑީ.އާރ.ޕީގެ ވަރަށް ގިނަ މެންބަރުންނާއި، ދިވެހިރައްޔިތުންގެ ވަރަށްގިނަ ބަޔަކު ކަންބޮޑުވާކަން ހާމަކުރަމުން ދާތީވެ ދަންނަވަމެވެ.

ކޮންމެ ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު އެއް ޒިންމާއަކަށް ވާންވާނީ ސިޔާސީ ގޮތުން ރައްޔިތުންގެ ތެރޭގައި ހިންގޭ ކޮންމެ ހަރަކާތަކީ ރާއްޖޭގައި ޢަމަލު ކުރަމުންދާ ޤާނޫނުތަކުގެ އިމުގެ ތެރޭގައި ހިންގޭ ހަރަކާތްތަކަކަށް ވުމެވެ. މިގޮތުން ޑީ.އާރ.ޕީން ހިންގާ ހުރިހާ ހަރަކާތް ތަކުގެ އަސާސެއްކަމުގައި އަބަދުވެސް ބަލާފައި އޮންނާނީ މިދެންނެވި ޤާނޫނުތަކުގެ އިމުގެ ތެރޭގައި ހިންގޭ އަދި ރައްޔިތުންގެ ތެރޭގައި ސުލްޙަ މަސަލަސްކަން ނުގެއްލޭ ގޮތަށް ހިންގާ ހަރަކާތްތަކެއްގެ ގޮތުގައި ހިންގުމެވެ........ އިތުރަށް ވިދާޅުވޭ

^Top
ޗައިނާގެ ވެރިކަން ކުރާ ސީ.ޕީސީ ގެ ވަފުދެއް ޑީއާރުޕީގެ ދަޢުވަތަކަށް މިރޭ މާލެ ވަޑައިގަންނަވައިފި


15 އޭޕްރީލް 2008
ޗައިނާގެ ކޮމިޔުނިސްޓް ޕާޓީ ( ސީ.ޕީ.ސީ)ގެ އިސްވެރިންގެ ވަފުދެއް މިރޭ ދިވެހި ރައްޔިތުންގެ ޕާޓީގެ ދަޢުވަތަކަށް މާލެވަޑައިގަންނަވައިފިއެވެ. ދެކުނު ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކެޕިޓަލް ކުމިންގ އިން މިއޭޕްރީލް މަހުގެ 12 ވަނަ ދުވަހު ފުރާވަޑައިގެންނެވި ސީ.ޕީ.ސީގެ ވަފުދުގެ ފުރަތަމަ މަންޒިލަކީ ވިއެޓްނާމެވެ. ވިއެޓްނާމްގެ ކޮމިޔުނިސްޓް ޕާޓީއާއި ބައްދަލުކުރެއްވުމަށް ސީ.ޕީ.ސީ ގެ އިސްވެރިންގެ 7 ބޭފުޅުން އެކުލެވޭ ވަފުދު މާލެވަޑައިގެންނެވީ ސިންގަޕޯރ އެއަރލައިންސްއިންނެވެ. . ....................... އިތުރަށް ވިދާޅުވޭ

^Top
ޕާޓީ ކައުންސިލްގެ 31 ވަނަ ބައްދަލުވުން މިއަދު ބާއްވަވައިފި

15 އޭޕްރީލް 2008
މިއަދު (15 އޭޕްރިލް 2008 ) 1430 ގައި ޕާޓީގެ އެންމެ އިސްގުނަން ކަމުގައިވާ ޕާޓީގެ ކައުންސިލުގެ 31 ވަނަ ޖަލްސާ ޕާޓީގެ މައިއޮފީހުގެ އަމީނީ މާލަމުގައި ބާއްވަވައިފިއެވެ. ޕާޓީގެ ލޮބުވެތި ޒަޢީމް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމު ރިޔާސަތު ބެލެހެއްޓެވި މި ކައުންސިލުގެ ޖަލްސާގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ޕާޓީގެ ދެވަނަ ގައުމީ ޖަލްސާގެ ކަންތައްތައް އެންމެ ފުރިހަމައަށްނިންމާ ޖަލްސާގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުން ޕާޓީއަށް ނިސްބަތްވާ މަންދޫބުން ތަމްސީލުވާ ގޮތަށް ބޭއްވޭނެ އެންމެ ރަގަޅު ތާރީޚަކީ މިއަހަރުގެ ޖޫން މަހުގެ 5،6،7 ކަމުގައި ނިންމުނެވެ. 31 ވަނަ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ނާއިބު ޒަޢީމުންގެ ތެރެއިން އޮނަރަބަލް އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީއާއި އަލްފާޟިލް އަޙްމަދު ސިޔާމުގެ އިތުރުން ޕާޓީގެ ކައުންސިލްގެ މެންބަރުންގެ ތެރެއިން މިވަގުތު މާލޭގައި ތިއްބެވި ބައެއް މެންބަރުން ވަޑައިގެންނެވިއެވެ. . ....................... އިތުރަށް ވިދާޅުވޭ

^Top
ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުންނާއި، ޕާޓީގެ ލޮބުވެތި ޒަޢީމް ބައްދަލުކުރައްވައިފި


15 އޭޕްރީލް 2008
ދިވެހިރައްޔިތުންގެ ޕާޓީގެ ޒަޢީމް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ޕާޓީއަށް ނިސްބަތްވާ ދެމަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވާ އެބޭފުޅުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ކުރައްވަމުންގެންދަވާ ބުރަ އަދި އިޚްލާޞްތެރި މަސައްކަތަށްޓަކާ ޝުކުރު އަދާކުރައްވައިފިއެވެ. ޕާޓީގެ ރަޖިސްޓްރަރ އަދި ޗީފް ސްޕޯކްސްމަން އިބްރާހީމް ޝާފިއުގެ ބެއްލެވުމުގެ ދަށުން ރޭ ދަރުބާރުގޭ ފާށަނާ މާލަމުގައި ބޭއްވި މިބައްދަލު ކުރެއްވުމުގައި ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ދެ މަޖިލީހަށް ނިސްބަތްވެ ވަޑައިގަންނަވާ މިވަގުތު މާލޭގައި ވަޑައިގެންތިއްބެވި ގިނަ މެންބަރުން ބައިވެރިވެ ވަޑައިގަތެވެ. ރޭ 9:30 ގައި ދަރުބާރުގޭގައި ބޭއްވުނު މި ހަފްލާއަށް ޕާޓީގެ މައި އޮފީހުގެ އިސްކޮށްޙަރަކާތެރިވާ ބައެއް މުވައްޒަފުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ....................... އިތުރަށް ވިދާޅުވޭ

^Top
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް އަލްފާޟިލް ޤާސިމް އިބްރާހީމަށް،
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް އަލްފާޟިލް ޤާސިމް އިބްރާހީމަށް،
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
2008 އޭޕްރީލް 3 ގައި އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 263 ވަނަ ޖަލްސާގައި، ދިވެހި ރައްޔިތުންގެ ޕާޓީއަށް ނިސްބަތްވާ މެންބަރުންގެ އަތްޕުޅުގައިހުރި ޤާނޫނުއަސާސީގެ އިންތިޤާލީ ކަންތައްތަކާބެހޭ ބާބުގައި ހިމެނުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅިފައިވާ ހުށަހެޅުންތަކަށް ޕާޓީގެ މެންބަރުން ވޯޓްދެއްވުމަށް އެއްބަސްވެވަޑައިގެންފައިވާ ގޮތުގެ “ވިޕް ޝިޓް” ތައް ރިޔާސަތުން އަންގަވައިގެން އަތުލެއްވުމަށް މަނިކުފާނު ނިންމެވި....... އިތުރަށް ވިދާޅުވޭ
^Top
ނޫސްބަޔާން
ނަންބަރު: NR 009/2008 A
ތާރީޚު: 05 އޭޕްރީލް 2008

4 އެޕްރީލް 2008 ދުވަހު އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 263 ވަނަ ޖަލްސާގައި، ވޯޓަށް އެއްސެވުމުގައި އެއްވެސް އިސްލާޙެއް އެކަހެރިކުރައްވަން ކަނޑައަޅުއްވާފައިވޭތޯ އޮޅުން ފިލުއްވައިދެއްވުމަށް އެކިފަހަރުމަތިން މަޖިލީހުގެ ރައީސްގެ އަރިހުން އެދުމުންވެސް އެކަންވަނީ ސާފުކޮށް ވިދާޅުނުވެފައެވެ. އެހެންނަމަވެސް މަޖިލީހުގެ ތަޅުމަށް މިހާރު ހުށަހެޅިފައިވާ ހެށަހެޅުންތަކުގެ ތެރޭގައި، ޑީ.އާރު.ޕީ. އިން އިޚްތިޔާރުކޮށްފައިވާ ވަރަށް މުޙިންމު....... އިތުރަށް ވިދާޅުވޭ
^Top

ޕާޓީގެ 29 ވަނަ ޢާންމު ބައްދަލުވުން ކަލާފާނު ސްކޫލުން ވަގުތުން
މިރޭގެ މާލޭގެ މޫސުން ރަނގަޅު: އުޑުމަތި ސާފު.
ޖަލްސާއަށް ޕާޓީގެ މެންބަރުންނާއި ހެޔޮ އެދިވަޑައިގަންނަވާ ފަރާތްތަތަކުން ކަލާފާނު ސްކޫލަށް ވަޑައިގަންނަވަވުން އެބަގެންދަވާ!
މިރޭގެ ޖަލްސާގައި 6 ބޭފުޅަކު ވާހަކަފުޅު ދައްކަވާނެ! ޕާޓީގެ ލޮބުވެތި ޒަޢީމް އަދި ޕާޓީގެ އެއް ނައިބުޒަޢީމް އަޙްމަދު ތަސްމީން ޢަލީގެ އިތުރުން 4 މެންބަރަކު ވާހަކަފުޅު ދައްކަވާނެ!
ޖަލްސާގެ އަޑު ދުރަށް ފޮނުވުމަށް ކެޕިޓަލް ރޭޑިއޯގެ އިތުރުން ދި އެފް އެމް ރޭޑިއޯ ވެސް!
^Top
ނޫސް ބަޔާން
ނަންބަރު: NR 008/2008 A
ތާރީޚު: 21 މާޗް 2008

މިމަހުގެ 19 ވަނަ ދުވަހު މިއަދު ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރެއްގައިވާ ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޑީއާރުޕީގެ ޒަޢީމުގެ ރަނިންގްމޭޓަކަށް ޑީއާރުޕީން ވަކިބޭފުޅަކަށް ބުރަވާކަމަށް ލިޔެފައިވާ ލިޔުމަކީ އެއްވެސް ހަޤީޤަތެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެއް ނޫންކަމަށް ޑީއާރުޕީން ހާމަކުރަމެވެ........ އިތުރަށް ވިދާޅުވޭ
^Top
ނޫސްބަޔާން
ނަންބަރު: NR 007/2008 A
ތާރީޚު: 04 މާރޗް 2008
ޒުވާނުންގެ ދުވަހު ނިޔާވި 5 ޒުވާނުންގެ އާއިލާއަށް ޑީއާރޕީން ތައުޒިޔާ ވިދާޅުވޭ.
އިއްޔެރޭގެ ދަންވަރުގެ ވަޤުތެއްގައި މާލޭގެ ރޯމަސް މާރުކޭޓްގެ ތެރޭގައިހުރި ވަޅެއްގެ މަސައްކަތްކުރުމަށް ޓަކައި އެވަޅަށް ފޭބީ ފަސްޒުވާނަކު މިދުނިޔެ ދޫކޮށް ދިޔަހިތާމަވެރި ޚަބަރު ދިވެހިރައްޔިތުންގެ ޕާޓީން އަޑުއެހީ ނުހަނު ފުން ހިތާމަޔާއި ، ހައިރާންކަމާއި އެކުގައެވެ.

އެނގިވަޑައިން ނަވާނެފަދައިން ޤައުމެއްގެ ތަރައްޤީއާއި ކުރިއެރުން ބިނާވެފައިވަނީ އެޤައުމެއްގެ މަސައްކަތްތެރި ޒުވާ