ދިވެހިރައްޔިތުންގެ ޕާޓީން މަސައްކަތް ކުރަނީ އަދި ކުރަމުން ގެންދާނީ ...

 

ދިވެހިންގެ އިސްލާމީ ވަޙްދަތާއި ދިވެހިންގެ ޤައުމިއްޔަތު ރައްކާތެރިކުރުމަށް.
ސުނާމީގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށާއި ސުނާމީއަށްފަހު ދިވެހި ޤައުމު އަލުން އާރާސްތުކުރުމަށް.
އަމާންކަމާއި އޮމާންކަމާ އެކު ޒަމާނީ ޑިމޮކްރަސީގެ ނިޒާމެއް ތަޢާރުފު ކުރުމަށް.
ހިންގުމުގެ ދާއިރާގައި ހުރިހާ ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަށް
ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް.
ރާއްޖޭގައި، އިސްލާމްދީނުގެ އުޞޫލުތަކުގެ މަތިން، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށް.
ހިއުމަންރައިޓްސް ކޮމިޝަނަކީ ހަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވާ މުއައްސަސާއަކަށް ހެދުމަށް.
އިސްލާމްދީނުގައި އަންހެނުންނަށް ލިބިދީފައިވާ ހައްޤުތައް ހޯދައިދިނުމަށް.
އަންހެނުންނަކީ އެބައިމީހުންގެ ޙައްޤުތައް ފުރިހަމައަށް ލިބިގެންވާ، އިޤްތިޞާދީ، އިޖްތިމާޢީ އަދި ސިޔާސީ މައިދާނުގައި ފުރިހަމައަށް ޙަރަކާތްތެރިވާ ބަޔަކަށް ހެދުމަށް.
މިނިވަން ޒިންމާދާރު ނޫސްވެރިކަމެއް ރާއްޖެއަށް ތަޢާރަފްކޮށްދީ ތަރައްޤީކުރުމަށް.
އަޅުގަނޑުމެންގެ މުޖުތަމަޢު އަކީ ކުށްކުރުން މަދު، އަމާން މުޖުތަމަޢު އަކަށް ހެދުމަށް.
ޝަރުޢީ ނިޒާމު ހަރުދަނާ ކުރުމަށް.
އިސްލާމީ ތަރުބިއްޔަތާއި، ބަދަހި ޢާއިލީ ގުޅުންތަކުގެ ތެރެއިން، ދުޅަހެޔޮ ހޭލުންތެރި މުޖުތަމަޢު އެއް ބިނާކުރުވަން.
އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކީ މުޖުތަމަޢުން ބާކީވެފައިވާ މީހަކަށް ވިޔަ ނުދިނުމަށް.
ކުޑަކުދިންނާއި، އަންހެނުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށް ދިނުމަށް.
އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާ ކޮށް ފުޅާކުރުމަށް.
އަޅުގަނޑުމެންގެ ކޮންމެ މީހަކީވެސް ހޭލުންތެރި، ހުނަރުވެރި، އުފެއްދުންތެރި މީހަކަށް ހެދުމަށްޓަކައި ތަޢުލީމީދާއިރާ މިހާރަށްވުރެ ފުޅާކޮށް ފެންވަރު ރަނގަޅުކުރުމަށް.
މަސްތުވާ ތަކެތީގެ ވިޔަފާރި ހުއްޓުވުމަށާއި، މަސްތުވާ ތަކެތިން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިން ސަލާމަތްކުރުމަށް.
ޒުވާނުން ގައުމުގެ އިސް ސަފުތަކަށް ނެރެ، ޒުވާނުންގެ އިސްނެގުން އިތުރުކުރުމަށް.
ދިވެހި ޒުވާނުންނަކީ ޤައުމުގެދެކެ ލޯބިވާ ޤައުމަށް ފައިދާހުރި ބަޔަކަށް ހެދުމަށް.
އެއްގަމާއި، ކަނޑާއި ވައިގެ ޒަރީޢާއިން ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ލުއިފަސޭހަކަމާއި އެކު ދަތުރު ފަތުރު ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް.


ދިވެހި ޤައުމީ މުއްސަނދިކަމުގެ މަންފާ އެންމެހާ ދިވެހިންނަށް ލިބޭނެމަގު ފަހިކޮށް ދިނުމަށް.
މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކޮށް މިޞިނާޢަތުގެ މަންފާ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ފުރިހަމައަށް ލިއްބައިދިނުމަށް.
ރާއްޖޭގެ ޒުވާނުން ބޭނުންވާ ވަޒީފާގެ ފުރުޞަތުތައް ރާއްޖޭގައި އިތުރުކުރެވޭނެ ގޮތަކަށް އިޤްތިޞާދު ތަރައްޤީކުރުމަށް.
ޒަމާނަށް ފެތޭގޮތަށް މުވައްޒަފުންގެ ޤާނޫނެއް އެކުލަވާލައި ވަޒީފާ އަދާކުރާ ދިވެހިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް.
ޕްރައިވެޓް ސެކްޓަރ ތަރައްޤީ ކުރުމަށް ދޭ އަހައްމިއްޔަތު އިތުރުކުރުމަށް.
މާލެއާއި އަތޮޅުތަކާ ދެމެދުގައިވާ ފަރަގު ކުޑަކުރުމަށް.
އަތޮޅުތައް ކުރިއެރުވުމަށްޓަކައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން އިޤްތިޞާދީ ފުރުޞަތުތައް ފުޅާކުރުމަށް.
އަޅުގަނޑުމެންގެ ކޮންމެ ރައްޔިތަކަށްވެސް އަސާސީ ޚިދުމަތްތައް އެއްވެސް ތަފާތުކުރުމެއްނެތި ލިބިދިނުމަށް.
ދިވެހިރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށް.
ދިވެހިރާއްޖެއަކީ ހިޔާވަހިކަމުގެ ފަސޭހަތައް ލިބިފައިވާ ބަޔަކު ދިރިއުޅޭ ގައުމަކަށް ހެދުމަށް.


 

 

  ^Top