| ޕާޓީގެ މަޤްސަދުތައް |
ދިވެހި ރައްޔިތުންގެ ޕާޓީގެ މަޤްޞަދުތަކަކީ ރާއްޖޭގައި އޮތް އިސްލާމީ އެއްބައިވަންތަކަން ވަރުގަދަކޮށް ޙިމާޔަތްކޮށް، ދިވެހި ޒުވާނުންނަކީ ރަނގަޅު އަޚްލާޤެއްގެ ޤައުމަށް ފައިދާހުރި ހުނަރުވެރި ބަޔަކަށް ހެދުމެވެ. އަދި، ޤާނޫނާއި ގަވާއިދަށް ޙުރްމަތްތެރިކޮށްހިތުން ވަރުގަދަ ކުރުމާއި، ޢަދުލު އިންޞާފުގެ ދާއިރާ ވަރުގަދަކުރުމާއި، ދިވެހި މުޖްތަމަޢަކީ ދިވެހިން ބޭނުންވާ ގޮތަށް ކަންތައްތައް ބައްޓަންކުރާ މުޖްތަމަޢަކަށްވުން އެއީ މިޕާޓީން ޙާސިލުކުރަން ބޭނުންވާ މުހިންމު މަޤްސަދުތަކެކެވެ. އަދި އޭއާއެކު، ދިވެހިރާއްޖެއަކީ ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެފައިވާ ރާއްޖެއަކަށް ހެދުމާއި، ހިޔާވަހިކަމާއި ތަޢްލީމާއި ޞިއްޙަތާއި އަދި އެހެނިހެންވެސް އަސާސީ ޚިދްމަތްތައް ފަސޭހަކަމާއެކު އެންމެހާ ރައްޔިތުންނަށް ލިބޭނެ ގޮތްތައް ތަނަވަސްކުރުމާއި، ދިވެހިރާއްޖޭގައި ތަޅާފޮޅުމެއްނެތި ހަމަޖެހުމާއެކު ޤައުމުގެ ކަންތައްތައް ހިންގާނޭ ހުނަރުވެރި ޒުވާން ޖީލުތަކެއް ހިންގުމުގެ ދާއިރާއަށް ތަޢާރުފްކޮށް، ރައްޔިތުންގެ މަޞްލަޙަތު ރައްކާތެރި ކުރުމަށް ސާބިތު ޚިދްމަތްތެރިންތަކެއް ތައްޔާރުކުރުންވެސް މިޕާޓީގެ މަޤްސަދުތަކުގައި ހިމެނެއެވެ. |
The objectives of DRP are:
|
| ^Top |