ޕާޓީގެ ލަވަ

ދައްކާނަމޭ ޒަޢާމަތު

އިޞްލާޙުވާން މި ދައުލަތު

ދައްކާނަމޭ ޒަޢާމަތު

ޕާޓީ ދިވެހި ރައްޔަތު

އަތުކުރި އޮޅާނަމޭ

އިސްލާމް ކަމުގެ ޢަޤީދަތު

މިނިވަންކަމާ ސިޔާދަތު

ދިވެހިންގެ ބަދަހި ވަޙްދަތު

ރައްކާ ކުރާނަމޭ

ދެއްވި ނިޢްމަތު

މުއުމިންކަމުގެ އުޚުއްވަތު

ލޮބުވެތި ނަބީގެ ސުންނަތު

ޙުރުމަތް ކުރާނަމޭ

ޤައުމިއްޔަތާ ކަރާމަތު

ޤައުމުގެ ނަމާއި ހައިބަތު

މަސަލަސްކަމާއި ޙިކުމަތު

ކުރިއަށް ނެރޭނަމޭ

މާޒީންލިބުނު ސަޤާފަތު

އިހު ކާބަފައިންގެ ޚިދުމަތ

މުސްތަޤުބަލަށް އެ ޝުޢްލަތު

ވާޞިލު ކުރާނަމޭ

ތަނަވަސްކަމާއި ޢިއްޒަތު

ފާގަތިކަމާ ސަލާމަތު

ޤައުމަށް ރިވެތި ވި ޝުހްރަތު

ޙާޞިލު ކުރާނަމޭ

^Top