The President's Office

The Parliament

Attorney General's Office

Office of the Commissioner of Elections

Maldivian Democratic Party

Adhaalath Party

Islamic Democratic Party


އިޢުލާން


ދިވެހި ރައްޔިތުންގެ ޕާޓީގެ ދެވަނަ ޤައުމީ ޖަލްސާ 2008 ޖުލައި 10 އިން 12 އަށް މާލޭގައި
ބޭއްވުމަށް ޕާޓީގެ ކައުންސިލުން ނިންމައިފިއެވެ. މިޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޕާޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށާއި، ޕާޓީގެ ބައެއް މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވުމާއެކު، މިދަންނަވާ މަޤާމުތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ޕާޓީގެ މެންބަރުން 3 ޖުލައި 2008 ވާ ބުރާސްފަތި ދުވަހުގެރޭ 10:00 ގެ ކުރިން ޕާޓީގެ މަޤާމުތަކަށް ކުރިމަތިލައްވަން ހުށަހަޅުއްވަން ޖެހޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.


ޕާޓީގެ މަޤާމުތަކަށް ކުރިމަތިލައްވަން ހުށަހަޅުއްވަންޖެހޭ ފޯމު މިއަދުންފެށިގެން،
3 ޖުލައި 2008 އާހަމައަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެންދުނު 10:00 އިން 2:00 އަދި ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް ޕާޓީގެ މައި އޮފީހުން ލިބެން ހުންނާނެއެވެ. އަދި މިފޯމް ޕާޓީގެ ވެބްސައިޓު (www.drp.org.mv) އިން ޑައުންލޯޑް ކުރެއްވެންވެސް ހުންނާނެއެވެ.

ފޯމު ބަލައިގަތުން އޮންނާނީ 3 ޖުލައި 2008 އާހަމައަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެންދުނު 10:00 އިން 2:00 އަދި ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް ޕާޓީގެ މައި އޮފީހުގައެވެ. މިދެންނެވި ގަޑިތަކުގައި ފެކުހުން ފޮނުއްވާ ފޯމުތައްވެސް ބަލައިގަނެވޭނެއެވެ. ފެކްސް ކުރައްވާނީ 3344774 ނަންބަރަށެވެ.
އަދި ދަންނަވަމެވެ. ޕާޓީގެ ދެވަނަ ޤައުމީ ޖަލްސާގައި އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ މަޤާމުތަކުގެ ޝަރުޠުތައް ޕާޓީގެ މަޤާމުތަކަށް ކުރިމަތިލައްވަން ހުށަހަޅުއްވަންޖެހޭ ފޯމުގައި ބަޔާންކުރެވިފައި ހުންނާނެއެވެ.

__________________________
26 ޖުމާދަލްއާޚިރާ 1429
30 ޖޫން 2008
ޕާޓީގެ މަޤާމުތަކަށް ކުރިމަތިލައްވަން ހުށަހަޅުއްވަންޖެހޭ ފޯމުގެ ޕީޑީއެފް ޑައުންލޯޑް ކުރައްވާ
^Top
ޢާންމު ޢިއްލާން


އެކި އެކި ދާއިރާތައް ތަމްސީލްކުރުމަށްޓަކައި ޕާޓީގެ ޚާއްޞަ ގޮފި ހެދުމަކީ ޑީއާރުޕީގެ އަސާސީ ޤަވާޢިދުން ފުރުޞަތު ތަނަވަސްކޮށްދީފައިވާ ކަމަކަށްވުމާއެކު މިކަމަކީ މުހިންމު ކަމެއްކަމަށްދެކެމެވެ. ވީމާ ތިރީގައި މިވާ ދާއިރާތަކުން ޕާޓީގެ ޚާއްޞަ ގޮފިހެދުމަށް އެދިވަޑައިގަންނަވާ މެމްބަރުން އެކަން ޑީއާރުޕީގެ އޮފީހަށް 3 ޖުލައި 2008 ވާ ބުރާސްފަތިދުވަހުގެ ނިޔަލަށް ހުށަހެޅެއްވުން އެދެމެވެ.
1. ދީނީ ގޮފި
2. އިސް ރަށްވެހިންގެ ގޮފި
3. މަސްވެރިންގެ ގޮފި
4. ދަނޑުވެރިންގެ ގޮފި

29 ޖޫން 2008

^Top
ޢާންމު ޢިއްލާން


އަންނަ ޖުލައިމަހުގެ 10 ން 12 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޕާޓީގެ 2 ވަނަ ޤައުމީ ޖަލްސާގެ އެޖެންޑާގައި ޕާޓީގެ އަސާސީ ޤަވާއިދަށް އެއްވެސް އިސްލާޙެއް ގެންނަށްޖެހޭނަމަ އެކަންކުރުމަށް ހިމެނިފައިވެއެވެ.
ވީމާ މިކަމަށް މަގުފަހިކުރުމުގެ ގޮތުން ޕާޓީގެ އަސާސީ ޤަވާޢިދަށް އިސްލާޙެއް ގެންނަށް ޕާޓީގެ އެއްވެސް މެމްބަރަކަށް ފެނިވަޑައިގަންނަވާނަމަ އެއިސްލާޙެއް އަންނަ ޖުލައިމަހުގެ 3 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޕާޓީ އޮފީހަށް ހުށަހެޅެއްވުން އެދެމެވެ.

29 ޖޫން 2008

^Top
ޢާންމު ޢިއްލާން

26 ޖޫން 2008
ޑީ.އާރު.ޕީގެ 2 ވަނަ ޤައުމީ ޖަލްސާ މިއަންނަ ޖުލައި މަހުގެ 10 ން 12 އަށް ބޭއްވުމަށް ހަމަޖެހުމާ ގުޅިގެން މިޤައުމީ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާ މާލޭގެ އަވަށްތަކަށް ނިސްބަތްވާ ޑީ.އާރު.ޕީގެ މަންދޫބުން ހޮވުން މިހިނގާ ޖޫންމަހުގެ 27 ވާ ހުކުރު ދުވަހުގެ ރޭ 21:00 ގައި މިދަންނަވާ ތަންތާގައި އޮންނާނެ ވާހަކަ ދަންނަވަމެވެ.

މާފަންނަށް ނިސްބަތްވާ މެމްބަރުން: ޤިޔާސުއްދީން ސްކޫލަށް
މައްޗަންގޯޅިއަށް ނިސްބަތްވާ މެމްބަރުން: އަޙްމަދިއްޔާ ސްކޫލަށް
ގަލޮޅަށް ނިސްބަތްވާ މެމްބަރުން: އެމް. އީ. އެސް ސްކޫލަށް
ހެންވެއިރަށް ނިސްބަތްވާ މެމްބަރުން: ކަލާފާނު ސްކޫލަށް
މާލޭ މުނިސިޕަލްޓީ ދަފްތަރަށް ނިސްބަތްވާ މެންބަރުން: އަމީރު އަޙުމަދު ސްކޫލަށް
ވިލިގިއްޔަށް ނިސްބަތްވާ މެމްބަރުން: މުހިއްޔުއްދީން ސްކޫލަށް
ހުޅުމާލެއަށް ނިސްބަތްވާ މެމްބަރުން: ޣާޒީ ސްކޫލަށް

ވީމާ ވީހާވެސް ގިނަމެމްބަރުން މިދެންނެވި ސްކޫލަތަކަށް ވަޑައިގެން މަންދޫބުން ހޮވުމުގެ މިޖަލްސާގައި ބައިވެރިވަޑައިގަތުމަކީ ޑީ.އާރު.ޕީގެ ވަރަށްބޮޑު އެދުމެކެވެ.

22 ޖުމާދަލްއާޚިރާ 1429
26 ޖޫން 2008

^Top
ޚާއްޞަ ނޫސް ބަޔާން
ނަންބަރު: NR 002/2008 A
ތާރީޚް: 26 ޖޫން 2008

ރައްޔިތުންގެ ޚާއްޞަ މަޖުލީހުން މާތްﷲގެ ވާގިފުޅާއެކު އައު ޤާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް މިއަދު ނިންމަވާފައިވާތީ ސުބުޙާނަހޫވަތައާލާއަށް ހަމްދާ ޝުކުރުކުރަމެވެ.


ޤާނޫނުއަސާސީ އިސްލާޙްކުރުމުގެ މަސައްކަތަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމް އިޢުލާން ކުރައްވާފައިވާ އިސްލާހީ އެޖެންޑާގެ އެންމެ މުޙިއްމު މަސައްކަތެވެ. އަދި އައު ޤާނޫނުއަސާސީއެއް ރައްޔިތުންގެ ޚާއްޞަ މަޖުލީހުން ފާސްކުރެއްވުމުން މިލިބުނު ކާމިޔާބީއަކީ¡ ޑީ.އާރު.ޕީ އަށް ނިސްބަތްވާ ޚާއްޞަ މަޖުލީހުގެ މެމްބަރުން ރެއާއި ދުވާލު ކުރެއްވި މިންނަތް މަސައްކަތްޕުޅުގެ އަގުހުރި ނަތީޖާއެވެ.
.......... އިތުރަށް ވިދާޅުވޭ

^Top
ދިވެހި ރައްޔިތުންގެ ޕާޓީގެ ޤަރާރް
ނަންބަރު: NR 001/2008 A
ތާރީޚް: 19 ޖޫން 2008

ތިރީގައި މިވަނީ ދިވެހިރައްޔިތުންގެ ޕާޓީގެ ކައުންސިލުގެ 35 ވަނަ ޖަލްސާއިން އިއްތިފާގުވެ ފާސްކޮށްފައިވާ ޤާރާރެކެވެ.


ހދ. ކުޅުދުއްފުށްޓަށް ސަރުކާރުގެ ދަތުރުފުޅެއްގައި ވަޑައިގެންނެވި ތިމާވެށްޓާއި ފެނާއި ހަކަތައާއި ބެހޭ ވަޒީރު އޮނަރަބަލް އަޙްމަދު ޢަބްދުﷲ އަށް މި ހިނގާ ޖޫން މަހުގެ 13 ވީ ހުކުރު ދުވަހު ވަރަށްވެސް ފިނޑި އަދި އަޤަލު ކުޑަ ބަޔަކު ދިން ޖިސްމާނީ އަނިޔާ ޑީ.އާރ.ޕީން ވަރަށް ބޮޑަށް ކުށްވެރިކުރަމެވެ. ސަބަބަކީ މިޙަމަލާއަކީ އެ ޙަމަލާގެ ސަބަބުން އޭނާގެ ފުރާނަފުޅަށްވެސް ނުރައްކާވާފަދަ ބިރުވެރި ޙަމަލާއަކަށްވާކަމެވެ. އަދި މިޙަމަލާގެ ސަބަބުން ނަފްސާނީ ގޮތުންވެސް އެމަނިކުފާނަށްވަރަށް ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ. އެހެންކަމުން، މިއަނިޔާވެރި އަމަލު ހިންގި މީހުން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް އެމީހުންނަށް .......... އިތުރަށް ވިދާޅުވޭ

^Top
އިޢްލާން

19 ޖޫން 2008
އިޢުލާން
ދިވެހިރައްޔިތުންގެ ޕާޓީގެ ދެވަނަ ޤައުމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚް ފަސްކުރުމަށް ޕާޓީގެ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ފަސްކުރުމަށް ނިންމީ މިމަހުގެ ފަހުކޮޅު ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ޤާނޫނު އަސާސީ އިޞްލާޙްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ލަފާކުރެވޭތީއެވެ.
މިހާރު، މިޕާޓީގެ ދެވަނަ ޤައުމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 10ން 12 އަށް މާލޭގައެވެ. އެހެންކަމުން ޤައުމީ ޖަލްސާގައި ބައިވެރިވުމަށް ރަށްރަށުން ވަޑައިގަންނަވާ މަންދޫބުން ހޮވުމަށްޓަކާ މިހިނގާ ޖޫންމަހުގެ 20 ވަނަ ދުވަހުގެ ރޭ އަތޮޅުތެރޭގެ ރަށްރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބްތައްވެސް ފަސްކޮށް މިޖޫންމަހުގެ 27 ވާ ހުކުރު ދުވަހު ގެރޭ ބޭއްވުމަށް ކައުންސިލުންވަނީ ނިންމާފައެވެ.
ވީމާ، ޑީއާރޕީގެ ހުރިހާ މެންބަރުންނަށް މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

_____________________
15 ޖުމަދަލް އާޚިރާ 1429
19 ޖޫން 2008

^Top
ޑީއާރޕީގެ ކައުންސިލުގެ 35 ވަނަ ބައްދަލުވުން ބާއްވައިފި


19 ޖޫން 2008
ދިވެހިރައްޔިތުންގެ ޕާޓީގެ ކައުންސިލުގެ 35 ވަނަ ބައްދަލުވުން ރޭ (18 ޖޫން 2008 ދުވަހުގެރޭ ) ޕާޓީ މައި އޮފީހުގައި ބާއްވައިފިއެވެ. މިބައްދަލުވުން ބޭއްވީ ޕާޓީ އޮފީހުގެ ޖުމްހޫރީ މާލަމުގައި ރޭ 21:00 އިން 23:30 އަށެވެ.
ޕާޓީގެ 34 ވަނަ ކައުންސިލު ބައްދަލުވުމެކޭ އެއްގޮތަށް ރޭގެ ބައްދަލުވުމުގައިވެސް އެޖެންޑާ ކުރެވިފައި ވަނީ މައިގަނޑު އެންމެ ކަމެއްގެ މައްޗަށެވެ. އެއީ ޕާޓީގެ ދެވަނަ ކޮންގުރެސްގެ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތަކާއި¡ ބާއްވަން މިހާރު ކަނޑައެޅިފައިވާ ތާރީޚާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއްނިންމުމުގެ މައްޗަށެވެ........ އިތުރަށް ވިދާޅުވޭ

^Top
އިޢްލާން

17 ޖޫން 2008
އިޢުލާން
ދިވެހިރައްޔިތުންގެ ޕާޓީގެ ދެވަނަ ޤައުމީ ޖަލްސާ މިހިނގާ ޖޫންމަހުގެ 26 އިން 28 އަށް މާލޭގައި ބޭއްވުމަށް ޕާޓީގެ ކައުންސިލުން ނިންމައިފިއެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދުގެ 62 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ޤައުމީ ޖަލްސާގައި ކޮންމެ ރަށެއް ތަމްސީލުކުރާނެ ފަރާތްތައް ހޮވުމަށް ބާއްވަންޖެހޭ އާންމު ޖަލްސާ މިހިނގާ ޖޫންމަހުގެ 20 ވަނަ ދުވަހު، ދިވެހި ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ބޭއްވުމަށްވެސް ކައުންސިލުންވަނީ ނިންމާފައެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

_____________________
13 ޖުމަދަލް އާޚިރާ 1429
17 ޖޫން 2008

^Top
ދިވެހި ޤައުމީ ޓީމަށް އައްސަރިބަހާއި ސާބަސް ސާކު ސަރަޙައްދުގެ ފުޓްބޯޅައިގެ ޗެމްޕިއަންނުންނަކީ ދިވެހިންނެވެ.

14 ޖޫން 2008
ﷲ ތަޢާލާއަށް ޙަމްދާއި ޝުކުރުހުއްޓެވެ. މިއީ އަހަރުމެންގެ ފަހަރެވެ.
ދިވެހި ޤައުމީޓީމަށް އައްސަރިބަހާއި ސާބަހެވެ! ...... އިތުރަށް ވިދާޅުވޭ

^Top
ނޫސް ބަޔާން
ނަންބަރު: NR 015/2008 A
ތާރީޚް: 14 ޖޫން 2008

މިނިސްޓަރ އޮފް އެންވަޔަރަންމެންޓް¡ އެނަރޖީ އެންޑް ވޯޓަރ އަލްފާޟިލް ޢަހުމަދު ޢަބަދުﷲ ހދ. ކުޅުއްފުއްޓަށް ކުރެއްވި ދަތުރު ފުޅުގައި ބަޔަކުމީހުން ރޭ އެމަނިކުފާނަށް ޙަމަލާދީ ޒަޚަމް ކޮށްފައިވާތީ ދިވެހިރައްޔިތުންގެ ޕާޓީން އެކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރޭ


މިނިސްޓަރ އޮފް އެންވަޔަރަންމަންޓް¡ އެނަރޖީ އެންޑް ވޯޓަރ އަދި މިޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރު އޮނަރަބަލް އަލްފާޟިލް އަޙްމަދު ޢަބްދުﷲ¡ ރައްޔިތުންގެ ޚިދުމަތުގައި ހދ. ކުޅުދުއްފުށްޓަށް ކުރެއްވި ދަތުރުފުޅުގައި ބަޔަކުމީހުން ރޭ އެމަނިކުފާނަށް ޙަމަލާދީ ވަރަށް ބޮޑަށް އަނިޔާކޮށް ޒަޚަމްކޮށްފައިވާތީ¡ ދިވެހިރައްޔިތުންގެ ޕާޓީން އެކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.......... އިތުރަށް ވިދާޅުވޭ

^Top
ޑީއާރުޕީ ވަނީ ދިވެހި ޤައުމީ ޓީމާއެކު

ދިވެހިޤައުމީ ޓީމު ސާފު ޗެމްޕިއަންޝިޕުގެ ފައިނަލުން ޖާގަހޯދުމާއި ގުޅިގެން ޑީއާރުޕީގެ ފަރާތުން ފައިނަލް މެޗްގައި ޤައުމީ ޓީމަށް ސަޕޯޓްކުރުމަށް ލަންކާއަށް ގެންދަވަން ގުރުއަތުން ހޮއްވެވި ފަންސާސް ފަރާތް އިއްޔެ ކޮލަންބޯއަށް ހިގައްޖެއެވެ. ޑީއާރުޕީގެ ޒުވާނުންގެ ގޮތްޕާއި ޕާޓީގެ މައިއިފީހާއި ގުޅިވަޑައިގެން ދިވެހި ޤައުމީ ފުޓްބޯޅަޓީމަށް ހިތްވަރުދިނުމަށްޓަކައި ކުރިއަށްގެންދެވި މި މުހިންމު ޤައުމީ ކެންޕޭނުގައި ޑީއާރުޕީން ވަނީ ވަރަށްބޮޑު ޚަރަދެއް ކުރައްވާފައެވެ.
....... އިތުރަށް ވިދާޅުވޭ

^Top
ސާފު ޗެމްޕިއަން ޝިޕުގެ ފައިނަލަށް ރާއްޖެދަތުރުކޮށްފިނަމަ¡ ސަޕޯޓަރުންގެ ގޮތުގައި ލަންކާއަށް ފޮނުވާނޭ ފަންސާސް ޒުވާނަކު ހޮވުމަށް ޑީއާރުޕީގެ ޒުވާނުންގެ ގޮފިން ބޭއްވި ލަކީޑްރޯގެ ނަސީބުވެރިން ހޮވައިފި

10 ޖޫން 2008
ރާއްޖެއާއި އަދި ޝްރީލަންކާގައި ކުރިއަށްދާ ސާފުޗެމްޕިއަން ޝިޕުގައި ދިވެހި ޤައުމީ ފުޓްބޯޅަޓީމް ފައިނަލަށް ދަތުރުކޮށްފިނަމަ ޤައުމީ ޓީމަށް ތާޢިދުކޮށް ސަޕޯޓްކޮށްދިނުމަށްޓަކައި¡ ލަންކާގައި ބޭއްވޭ ފައިނަލް މެޗަށް ފޮނުވާނޭ ފަންސާސް ޒުވާނަކަށް ދަތުރުގައި ބައިވެރިވުމަށް ޓަކައި ދޫކުރެވިފައިވާ ފޯމްތަކުގެ ލަކީޑްރޯ ރޭ ކަލާފާނު ސްކޫލުގެ ހޯލުގައިބޭއްވިއްޖެއެވެ........ އިތުރަށް ވިދާޅުވޭ

^Top
ފައިނަލްމެޗުބަލަން ފޮނުވާ 50 މީހުން ހޮވުމަށް ނަގާ ޤުރުއަތުގައި ބައިވެރިވާ ފޯމްތައް ޑީއާރޕީން ދޫކުރަން ފަށައިފި


ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމް ސާފް ޗެމްޕިއަންޝިޕް 2008 ގެ ފައިނަލަށް ދަތުރުކޮށްފިނަމަ މިމަހުގެ 14 ވަނަދުވަހު ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިލް މެޗް ބެލުމަށް ސްރީލަންކާއަށް ފޮނުވުމަށް ދިވެހި ރައްޔިތުންގެ ޕާޓީން އިޢުލާން ކޮށްފައިވާ¡ ޕާޓީގެ މެންބަރުންނާއި އަދި ވަކިޕާޓީއަކަށް ނިސްބަތްނުވާ ދިވެހި ރައްޔިތުންގެ ތެރެއިން އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ 50 ޒުވާނުން ހޮވުމަށް ބާއްވާ ގުރުއަތުލުމުގައި ބައިވެރިވާން އެދޭ ފަރާރްތަކަށް އެފުރުޞަތު މިއަދު ޕާޓީން ހުޅުވާލއިފިއެވެ.
މިއަދު ހަވީރު 17:30 ފައި ޕާޓީގެ މައި އޮފީގައި ހުޅުވާލި މި ފުރުޞަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޤުރުއަތުގައި ބައިވެރި ވުމުގެ ފޯމެއް ވަނީ ދޫކުރަންފަށާފައެވެ
އިތުރަށް ވިދާޅުވޭ

^Top
ޑީއާރުޕީގެ ކައުންސިލުގެ 34 ވަނަ ބައްދަލުވުން ބާއްވައިފި

9 ޖޫން 2008
ދިވެހިރައްޔިތުންގެ ޕާޓީގެ ކައުންސިލުގެ 34 ވަނަ ބައްދަލުވުން މިއަދު ޕާޓީ މައި އޮފީހުގައި ބާއްވައިފިއެވެ. މިބައްދަލުވުން ބޭއްވީ ޕާޓީ އޮފީހުގެ ޖުމްހޫރީ މާލަމުގައި މިއަދު މެންދުރު ފަހު 14:45 އިން 16:45 އަށެވެ.
މިއަދު ގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައި ވަނީ މައިގަނޑު އެންމެ ކަމެއްގެ މައްޗަށެވެ...... އިތުރަށް ވިދާޅުވޭ

^Top
ދުނިޔޭގެ ތިމާވެށީގެ ދުވަސް ދިވެހިރައްޔިތުންގެ ޕާޓީން ފާހަގަކޮށްފި

2 ޖޫން 2008
ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ހުޅުމާލޭ ފެހިކުރުމަށްޓަކައި، ގަސްއިންދުމުގެ ޕްރޮގްރާމެއް މިއަދު ދިވެހި ރައްޔިތުންގެ ޕާޓީން ކުރިއަށް ގެންދަވައިފިއެވެ. ޑީއާރުޕީގެ މައިއޮފީހާއި، ޕާޓީކައުންސިލްގެ ޒުވާނުންގެ ގޮތްޕާއި ގުޅިވަޑައިގެން ހުޅުމާލޭގައި ހިންގުނު މި ޙަރަކާތުގައި، ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި މިއަދު މެންދުރުފަހުން ގަސްއިންދެވުމުގެ ފްރޮގްރާމް ކުރިއަށް....... އިތުރަށް ވިދާޅުވޭ

^Top
ޑީއާރޕީގެ ކައުންސިލުގެ 33 ވަނަ ބައްދަލުވުން ބާއްވައިފި

5 ޖޫން 2008
ޑީއާރޕީ ގެ ކައުންސިލުގެ 33 ވަނަ ބައްދަލުވުން މިއަދު މެންދުރު ޕާޓީގެ ހެޑް އޮފީހުގެ ޖުމްހޫރީ މާލަމުގައި ބާއްވައިފިއެވެ.
މިބައްދަލު ކުރެއްވުމުގައި ޕާޓީގެ ކައުންސިލުން، ތަފާތު ސަބަބުތަކާހުރެ ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އިންތިޚާބް ކުރެއްވުމާއި ބެހޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ. އެގޮތުން ޕާޓީގެ ދެވަނަ ކޮންގުރެސް މިމަހުގެ 27 އަދި 28 ގައި ބާއްވާއިރު، މިހާރު ޕާޓީގެ ކައުންސިލުން ހުސްވެފައިވާ މަޤާމު ތަކުގެ ތެރެއިން ޕާލިމެންޓްރީ ގުރޫޕުގައި ނުހިމެނޭ މަޤާމުތަކާއި، ޕާޓީގެ ނާއިބް ޒަޢީމް ކަމުގެ މަޤާމަށް ބޭފުޅަކު އިންތިޚާބް ކުރުން އޮންނާނެއެވެ. އޭގެ އިތުރުން ޕާޓީގެ ކައުންސިލުން ހުސްވެފައިވާ މަޤާމުތަކަކީ ޕާލިމެންޓްރީ ގުރޫޕުގެ މަޤާމުތަކަކަށް ވާތީވެ، ކޮންގުރެސްގައި ބައިވެރިވެ ވަޑައިގަންނަވާ ޢާންމު މެންބަރުން ވޯޓްލައިގެން އިންތިޚާބް ކުރާ މަޤާމުތަކަކަށް އެމަޤާމުތައް ނުވެއެވެ....... އިތުރަށް ވިދާޅުވޭ

^Top
ޑީއާރޕީގެ ޒުވާނުންގެ ގޮފިން އިސްނަގައިގެން ބައިނަލް އަޤްވާމީ ދުންފަތުގެ އިސްތިޢުމާލު ނުކުރާދުވަސް ފާހަގަކުރެއްވުމަށް ހެދިގޮޑުދޮށުގައި ހަވީރެއް ބާއްވައިފި

31 މޭ 2008
ދިވެހި ރައްޔިތުންގެ ޕާޓީން މިއަދުހަވީރު މާލޭގެ ހެދި ގޮޑުދޮށުގައި ދުންފަތާމެދު ދިވެހިރައްޔިތުން ހޭލުންތެރި ކުރުވުމުގެ ހަވީރެއް ބާއްވައިފިއެވެ.
މިއަދު ހަވީރު ހަތަރެއްޖެހިއިރު މަލޭގެ އިރުމަތީ ފަރާތުގެ ހެދިގޮޑުދޮށުގައި ފެށުނު މި ހަވީރުގައި ގިނަޢަދަދެއްގެ ޢާންމު ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހި ރައްޔިތުންގެ ޕާޓީގެ މައިގަނޑު އެއްއަމާޒަކީ ދިވެހިރައްޔިތުންނަށް ދުޅަހެޔޮ އަދި ފޭރާންހެޔޮ އިޖްތިމާޢީ ދިރިއުޅުމެއް ހޯދަދިނުން ކަމުގައިވާއިރު ދުންފަތުގެ ސަބަބުން ދިވެހިރައްޔިތުނަށް ކުރަމުންދާ ނޭދެވޭއަސަރު ވީހާވެސް ކުޑަކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަކީ¡ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދިވެހިރައްޔިތުންގެ ޕާޓީން އިސްކަންދޭނެ ކަމެކެވެ. ......... އިތުރަށް ވިދާޅުވޭ

^Top
ނޫސް ބަޔާން
ނަންބަރު: NR 014/2008 A
ތާރީޚު: 25 މޭ 2008

ޑީ.އާރ.ޕީ ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދެކޮޅަށް

މެއި މަހުގެ 31 ވާ ހޮނިހިރު ދުވަހަކީ ބައިނަލްއަޤްވާމީ ދުންފަތުގެ އިސްތިޢުމާލް ނުކުރާ ދުވަސްކަމުގައިވާތީވެ ޑީ.އާރ.ޕީގެ މައިގަނޑު މެނިފެސްޓޯގައި ހާމަކޮށްފައިވާފަދައިން ސިއްޙަތާއި އިޖްތިމާއީ ކަންތައްތައް ކުރިއެރުވުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން ޑީ.އާރ.ޕީން އިސްނަގައިގެން މެއި 31 ވާ ހޮނިހިރު ދުވަހު ހަވީރު ހެދިގޮނޑުދޮށުގައި ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓުވުން މިޝިޢާރުގެ ދަށުން ހަވީރެއް ފާހަގަކުރުން އޮންނާނެއެވެ......... އިތުރަށް ވިދާޅުވޭ

^Top
ޑީއާރޕީގެ ށ. ފުނަދޫ އޮފީސް ޒަޢީމް މިއަދު ހުޅުއްވާ ދެއްވައިފި

11 މޭ 2008

މިއަދު ހެދުނު ށ. ފުނަދޫގައި ޑީއާރޕީގެ އޮފީސް ހުޅުވައިދެށްވައިފިއެވެ. މިއޮފީސް ހުޅުވައި ދެއްވީ ޕާޓީގެ ޒަޢީމް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް އެވެ.
މިއަދު ހެނދުނު 9:30 ގައި ޒަޢީމް ހުޅުއްވާ ދެއްވި މި އޮފީހަކީ މިގޮތުން ޒަޢީމް ހުޅއްވާދެއްވި ށ. އަތޮޅުގެ ފުރަތަމަ ޕާޓީގެ އޮފީހެވެ. މީގެ ކުރިން ޕާޓީގެ ޒަޢީމް ވަނީ ޕާޓީގެ އޮފީސް ބ. އޭދަފުށީގައާއި، ގދ. ތިނަދޫގައާއި ގއ. ވިލިގިލީގައާއި، އއ. މަހިބަދުގައާއި، ހދ.ކުޅުދުއްފުށީގައި ހުޅުއްވާ ދެއްވާފައެވެ. ......... އިތުރަށް ވިދާޅުވޭ

^Top
ދިވެހި ރައްޔިތުންގެ ޕާޓީގެ 30 ވަނަ ޢާންމު ބައްދަލުވުން ޢިމާދުއްދީން ސްކޫލުގައި ބާއްވައިފި

09 މޭ 2008
ޢިމާދުއްދީން ސްކޫލުގައި ރޭ ބޭއްވި ދިވެހި ރައްޔިތުންގެ ޕާޓީގެ 30 ވަނަ ޢާންމު ބައްދަލުވުމަކީ ފަހަކަށް އައިސް ޕާޓީން ބޭއްވި އެންމެ ފޯރިގަދަ އެއްބައްދަލުވުމެވެ. ސިވިލްސާވިސްގެ ޤާނޫންއަށް ޢަމަލުކުރުން ކުރިއަށް މިދާ މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފައްޓަވާފައިވުމާއި އެކުވެސް ޑީއާރުޕީއަށް ނިޞްބަތްވެވަޑައިގަންނަވާ ވަރަށް ގިނަ ޢަދަދެއްގެ މެންބަރުންނާއި ހެޔޮ އެދިވަޑައިގަންނަވާ ފަރާތްތަކުން ރޭގެ ބައްދަލުވުމަށް ޙާޒިރުވެވަޑައިގެންތިއްބެވިއެވެ. ޢިމާދުއްދީން ސްކޫލުގެ މައިހޯލުގެ އިތުރުން ގޯތިތެރޭގައި އެތުރިފައިވާ ހުރިހާ ގޮނޑިތަކެއް ފުރިގެން ދިޔަކަމީ މިކަމުގެ ފުރިހަމަ ހެއްކެކެވެ. މާލޭގައި ބޭއްވެމުންދިޔަ ޕާޓީގެ 30 ވަނަ ޢާންމު ބައްދަލުވުން މުޅިދުނިޔެއަށްފެންނާނޭހެން ޕާޓީގެ ސައިޓު މެދުވެރިކޮށް ވަގުތުން ވަގުތަށް ބެލޭނޭ އިންތިޒާމްވަނީ ރޭވިފައެވެ. ޕާޓީގެ ސައިޓުމެދުވެރިވެގެން މުޅިދުނިޔެއަށް އޯޑިއޯ އަދި ވީޑިއޯއާއި އެކު ޖަލްސާ ފޮނުއްވާދިނުމުގެ މަސައްކަތްކުރިއަށް ގެންދެވީ ރާއްޖެއޮންލައިން އިންނެވެ. އެފް. އެމް.ރޭޑިއޯ ސްޓޭޝަނެއް ކަމުގައިވާ ކެޕިޓަލްރޭޑިއޯ މެދުވެރިކޮށް ޖަލްސާގެ އަޑު