The President's Office

The Parliament

Attorney General's Office

Office of the Commissioner of Elections

Maldivian Democratic Party

Adhaalath Party

Islamic Democratic Party

 
   

Press Release

ޕްރެސް ރިލީސް  
ޢާންމު ޢިއްލާން


އެކި އެކި ދާއިރާތައް ތަމްސީލްކުރުމަށްޓަކައި ޕާޓީގެ ޚާއްޞަ ގޮފި ހެދުމަކީ ޑީއާރުޕީގެ އަސާސީ ޤަވާޢިދުން ފުރުޞަތު ތަނަވަސްކޮށްދީފައިވާ ކަމަކަށްވުމާއެކު މިކަމަކީ މުހިންމު ކަމެއްކަމަށްދެކެމެވެ. ވީމާ ތިރީގައި މިވާ ދާއިރާތަކުން ޕާޓީގެ ޚާއްޞަ ގޮފިހެދުމަށް އެދިވަޑައިގަންނަވާ މެމްބަރުން އެކަން ޑީއާރުޕީގެ އޮފީހަށް 3 ޖުލައި 2008 ވާ ބުރާސްފަތިދުވަހުގެ ނިޔަލަށް ހުށަހެޅެއްވުން އެދެމެވެ.
1. ދީނީ ގޮފި
2. އިސް ރަށްވެހިންގެ ގޮފި
3. މަސްވެރިންގެ ގޮފި
4. ދަނޑުވެރިންގެ ގޮފި

29 ޖޫން 2008

^Top
ޢާންމު ޢިއްލާން


އަންނަ ޖުލައިމަހުގެ 10 ން 12 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޕާޓީގެ 2 ވަނަ ޤައުމީ ޖަލްސާގެ އެޖެންޑާގައި ޕާޓީގެ އަސާސީ ޤަވާއިދަށް އެއްވެސް އިސްލާޙެއް ގެންނަށްޖެހޭނަމަ އެކަންކުރުމަށް ހިމެނިފައިވެއެވެ.
ވީމާ މިކަމަށް މަގުފަހިކުރުމުގެ ގޮތުން ޕާޓީގެ އަސާސީ ޤަވާޢިދަށް އިސްލާޙެއް ގެންނަށް ޕާޓީގެ އެއްވެސް މެމްބަރަކަށް ފެނިވަޑައިގަންނަވާނަމަ އެއިސްލާޙެއް އަންނަ ޖުލައިމަހުގެ 3 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޕާޓީ އޮފީހަށް ހުށަހެޅެއްވުން އެދެމެވެ.

29 ޖޫން 2008

^Top
ޚާއްޞަ ނޫސް ބަޔާން
ނަންބަރު: NR 002/2008 A
ތާރީޚް: 26 ޖޫން 2008

ރައްޔިތުންގެ ޚާއްޞަ މަޖުލީހުން މާތްﷲގެ ވާގިފުޅާއެކު އައު ޤާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް މިއަދު ނިންމަވާފައިވާތީ ސުބުޙާނަހޫވަތައާލާއަށް ހަމްދާ ޝުކުރުކުރަމެވެ.


ޤާނޫނުއަސާސީ އިސްލާޙްކުރުމުގެ މަސައްކަތަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމް އިޢުލާން ކުރައްވާފައިވާ އިސްލާހީ އެޖެންޑާގެ އެންމެ މުޙިއްމު މަސައްކަތެވެ. އަދި އައު ޤާނޫނުއަސާސީއެއް ރައްޔިތުންގެ ޚާއްޞަ މަޖުލީހުން ފާސްކުރެއްވުމުން މިލިބުނު ކާމިޔާބީއަކީˇ ޑީ.އާރު.ޕީ އަށް ނިސްބަތްވާ ޚާއްޞަ މަޖުލީހުގެ މެމްބަރުން ރެއާއި ދުވާލު ކުރެއްވި މިންނަތް މަސައްކަތްޕުޅުގެ އަގުހުރި ނަތީޖާއެވެ.
.......... އިތުރަށް ވިދާޅުވޭ

^Top
ނޫސް ބަޔާން
ނަންބަރު: NR 015/2008 A
ތާރީޚް: 14 ޖޫން 2008

މިނިސްޓަރ އޮފް އެންވަޔަރަންމެންޓްˇ އެނަރޖީ އެންޑް ވޯޓަރ އަލްފާޟިލް ޢަހުމަދު ޢަބަދުﷲ ހދ. ކުޅުއްފުއްޓަށް ކުރެއްވި ދަތުރު ފުޅުގައި ބަޔަކުމީހުން ރޭ އެމަނިކުފާނަށް ޙަމަލާދީ ޒަޚަމް ކޮށްފައިވާތީ ދިވެހިރައްޔިތުންގެ ޕާޓީން އެކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރޭ


މިނިސްޓަރ އޮފް އެންވަޔަރަންމަންޓްˇ އެނަރޖީ އެންޑް ވޯޓަރ އަދި މިޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރު އޮނަރަބަލް އަލްފާޟިލް އަޙްމަދު ޢަބްދުﷲˇ ރައްޔިތުންގެ ޚިދުމަތުގައި ހދ. ކުޅުދުއްފުށްޓަށް ކުރެއްވި ދަތުރުފުޅުގައި ބަޔަކުމީހުން ރޭ އެމަނިކުފާނަށް ޙަމަލާދީ ވަރަށް ބޮޑަށް އަނިޔާކޮށް ޒަޚަމްކޮށްފައިވާތީˇ ދިވެހިރައްޔިތުންގެ ޕާޓީން އެކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.......... އިތުރަށް ވިދާޅުވޭ

^Top
ނޫސް ބަޔާން
ނަންބަރު: NR 014/2008 A
ތާރީޚު: 25 މޭ 2008

ޑީ.އާރ.ޕީ ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދެކޮޅަށް

މެއި މަހުގެ 31 ވާ ހޮނިހިރު ދުވަހަކީ ބައިނަލްއަޤްވާމީ ދުންފަތުގެ އިސްތިޢުމާލް ނުކުރާ ދުވަސްކަމުގައިވާތީވެ ޑީ.އާރ.ޕީގެ މައިގަނޑު މެނިފެސްޓޯގައި ހާމަކޮށްފައިވާފަދައިން ސިއްޙަތާއި އިޖްތިމާއީ ކަންތައްތައް ކުރިއެރުވުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން ޑީ.އާރ.ޕީން އިސްނަގައިގެން މެއި 31 ވާ ހޮނިހިރު ދުވަހު ހަވީރު ހެދިގޮނޑުދޮށުގައި ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓުވުން މިޝިޢާރުގެ ދަށުން ހަވީރެއް ފާހަގަކުރުން އޮންނާނެއެވެ......... އިތުރަށް ވިދާޅުވޭ

^Top
ނޫސް ބަޔާން
ނަންބަރު: NR 013/2008 A
ތާރީޚު: 01 މޭ 2008

މިއަދު މިޢަމަލުކުރަން ފެށޭ ޤާނޫނުގެ ދަށުން ސަރުކާރުން ވަކިވެވަޑައިގަންނަވަންޖެހޭ އެންމަހައި ލޮބުވެތި އަދި ޢިއްޒަތްތެރި ބޭފުޅުންނަށް ޑީ.އާރ.ޕީން ހިފެހެއްޓުމެއްނެތް ޝުކުރާއި ތަޢުރީފް

ސިވިލް ސަރވިސްގެ ގާނޫނަށް އަމަލު ކުރައްވަން ފައްޓަވާ ދުވަހުން ފެށިގެން ސަރުކާރުގެ ވަޒީފާގައި އުޅުއްވާ ބެފުޅުންގެ ތެރެއިން އުމުރުން 65 އަހަރު މަތީގެ ބޭފުޅުން ސަރުކާރުގެ ވަޒީފާއިން ކުއްލިއަކަށް ވަކިވެވަޑައިގަންވަން ޖެހިވަޑައިގަންނަވާކަމީ، އެކަމާ ޑީ.އާރ.ޕީން ކަންބޮޑުވާ އަދި ހިތާމަކުރައްވާ ކަމެކެވެ. އަދި މިވަގުތަކީ އެބޭފުޅުންނަށާއި އެބޭފުޅުންގެ ލޮބުވެތި އާއިލާތަކަށް އެކަމުގެ މޮޅިވެރިކަމާއި ހިތާމަ އިހްސާސް ކުރެއްވޭ ވަގުތެއްކަމަށް ވުމާ އެކު، ޑީ.އާރ.ޕީން އެހިތާމާގައި އެބޭފުޅުންނާއި އެކު ބައިވެރިވާ ވާހަކަވެސް ދަންނަވަމެވެ.
........ އިތުރަށް ވިދާޅުވޭ

^Top
No: NR 012/2008 A
Date: 28th April 2008
The Parliament has confidence in the Home Minister

The vote of no confidence taken in the Parliament failed today with a high majority.
DRP believes that the fact the vote failed is proof of the overwhelming trust the people have in the government and in the Home Minister who has earned the respect of the people.......... Read More

^Top
ނޫސް ބަޔާން
ނަންބަރު: NR 012/2008 A
ތާރީޚު: 28 އޭޕްރީލް 2008

ހޯމް މިނިސްޓަރަށް މަޖިލީހުގެ އިތުބާރު އެބައޮތް

މިއަދުކަމުގައި ދިވެހި ރައްޔިތުންގެ ޕާޓީން ޤަބޫލުކުރަމެވެ. ޢަބްދުﷲ ކަމާލުއްދީނަކީ، ރައްޔިތުންގެ ޚިދުމަތުގައި އެކިއެކި ޙައިޞިއްޔަތުން އަގުހުރި މަސައްކަތްތަކެއް ކުރައްވާ، ރައްޔިތުންގެ އިޙްތިރާމް ހޯއްދަވާފައިވާ އިޚްލާޞްތެރި ބޭފުޅެކެވެ.
ރާއްޖެއަށް އަންނަމުން މިދާ ސިޔާސީ އަދި އިޖްތިމާޢީ ހެޔޮބަދަލުތަކުގެ ތެރެއިން ދިވެހި ރައްޔިތުންގެ މަންފާއާއި ލާބައަށް ހަދަންޖެހޭ ޤާނޫނުތަކާއި ބެހޭގޮތުން ބަޙުޘްކުރުމާއި ޤާނޫނުތައް ފާސްކުރުމުގެ މަސައްކަތްތަކަށް ދަތިވާގޮތަށް، ރައްޔިތުންގެ މަޖިލީހުގެ މަދު މެންބަރުންކޮޅެއް މަސައްކަތް ކުރަމުން ގެންދާކަމީ، ދިވެހި ރައްޔިތުންގެ ޕާޓީން ކަންބޮޑުވެ ހިތާމަ ކުރާކަމެއް ކަމުގައި ހާމަކުރަމެވެ....... އިތުރަށް ވިދާޅުވޭ

^Top
No: NR 011/2008 A
Date: 20th April 2008
DRP Leader will campaign according to the Law
The largest political party in the Maldives, the Dhivehi Rayyithunge Party (DRP) wishes to highlight that the article published in Miadhu daily’s 17 May 2008 edition contains a series of the false accusations and erroneous claims

The article, titled “Proposed abolition of Election Law not sincere Fmr. AGs” alleges that the DRP Council had ‘advised’ Party Leader Gayoom to ‘halt’ his re-election campaign. The fact that the DRP Leader’s presidential election campaign had so far not begun makes evident the absence of any logic in the author’s assertions. ......... Read More
^Top
ނޫސް ބަޔާން
ނަންބަރު: NR 011/2008 A
ތާރީޚު: 20އޭޕްރީލް 2008

ޑީ.އާރު.ޕީ. ގެ ޒަޢީމު ކެމްޕޭން ކުރައްވާނީ، ޤާނޫނު ތަންދޭ ގޮތެއްގެމަތިން


މިމަހުގެ 19 ވަނަ ދުވަހު މިއަދު ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރެއްގައިވާ ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޑީއާރުޕީގެ ޒަޢީމުގެ ރަނިންގްމޭޓަކަށް ޑީއާރުޕީން ވަކިބޭފުޅަކަށް ބުރަވާކަމަށް ލިޔެފައިވާ ލިޔުމަކީ އެއްވެސް ހަޤީޤަތެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެއް ނޫންކަމަށް ޑީއާރުޕީން ހާމަކުރަމެވެ

ރިޔާސީ އިންތިޚާބުގެ ކެމްޕޭން، ޑީ.އާރު.ޕީ. ގެ ޒަޢީމު އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އަދި ފަށްޓަވާފައެއް ނުވެއެވެ. ޤާނޫނު ނަންބަރު 98/1 ގެ ދަށުން މިވަގުތު ކެމްޕޭން ކުރުމަކީ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލަކަށްވާތީ، އެ ޤާނޫނަށް އިޞްލާޙު ގެނެވި، ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމަށް ޤާނޫނީގޮތުން މަގުފަހިނުވާހާ ހިނދަކު، ޑީ.އާރު.ޕީ. ގެ ޒަޢީމު ކެމްޕޭން ކުރައްވާކަށް ނުފަށްޓަވާނެއެވެ......... އިތުރަށް ވިދާޅުވޭ

^Top
ނޫސް ބަޔާން
ނަންބަރު: NR-10/2008-A
ތާރީޚް: އޭޕްރީލް 2008
ނޫސް ބަޔާން

ޑީ.އާރ.ޕީން ރިޔާސީ އިންތިޚާބުގެ ކެމްޕޭން ކުރާނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތަށް


ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް، ބައެއް ސިޔާސީ ޕާޓީ ތަކުންނާއި ސިޔާސީ ފަރާތްތަކުން ކެމްޕޭން ކުރަމުން ދާއިރު، ޑީ.އާރ.ޕީން ރިޔާސީ އިންތިޚާބަށް ކެމްޕޭން ނުފަށްޓާތީ އެކަމާ ޑީ.އާރ.ޕީގެ ވަރަށް ގިނަ މެންބަރުންނާއި، ދިވެހިރައްޔިތުންގެ ވަރަށްގިނަ ބަޔަކު ކަންބޮޑުވާކަން ހާމަކުރަމުން ދާތީވެ ދަންނަވަމެވެ.

ކޮންމެ ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު އެއް ޒިންމާއަކަށް ވާންވާނީ ސިޔާސީ ގޮތުން ރައްޔިތުންގެ ތެރޭގައި ހިންގޭ ކޮންމެ ހަރަކާތަކީ ރާއްޖޭގައި ޢަމަލު ކުރަމުންދާ ޤާނޫނުތަކުގެ އިމުގެ ތެރޭގައި ހިންގޭ ހަރަކާތްތަކަކަށް ވުމެވެ. މިގޮތުން ޑީ.އާރ.ޕީން ހިންގާ ހުރިހާ ހަރަކާތް ތަކުގެ އަސާސެއްކަމުގައި އަބަދުވެސް ބަލާފައި އޮންނާނީ މިދެންނެވި ޤާނޫނުތަކުގެ އިމުގެ ތެރޭގައި ހިންގޭ އަދި ރައްޔިތުންގެ ތެރޭގައި ސުލްޙަ މަސަލަސްކަން ނުގެއްލޭ ގޮތަށް ހިންގާ ހަރަކާތްތަކެއްގެ ގޮތުގައި ހިންގުމެވެ........ އިތުރަށް ވިދާޅުވޭ

^Top
ނޫސްބަޔާން
ނަންބަރު: NR 009/2008 A
ތާރީޚު: 05 އޭޕްރީލް 2008

4 އެޕްރީލް 2008 ދުވަހު އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 263 ވަނަ ޖަލްސާގައި، ވޯޓަށް އެއްސެވުމުގައި އެއްވެސް އިސްލާޙެއް އެކަހެރިކުރައްވަން ކަނޑައަޅުއްވާފައިވޭތޯ އޮޅުން ފިލުއްވައިދެއްވުމަށް އެކިފަހަރުމަތިން މަޖިލީހުގެ ރައީސްގެ އަރިހުން އެދުމުންވެސް އެކަންވަނީ ސާފުކޮށް ވިދާޅުނުވެފައެވެ. އެހެންނަމަވެސް މަޖިލީހުގެ ތަޅުމަށް މިހާރު ހުށަހެޅިފައިވާ ހެށަހެޅުންތަކުގެ ތެރޭގައި، ޑީ.އާރު.ޕީ. އިން އިޚްތިޔާރުކޮށްފައިވާ ވަރަށް މުޙިންމު....... އިތުރަށް ވިދާޅުވޭ
^Top
ނޫސް ބަޔާން
ނަންބަރު: NR 008/2008 A
ތާރީޚު: 21 މާޗް 2008

މިމަހުގެ 19 ވަނަ ދުވަހު މިއަދު ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރެއްގައިވާ ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޑީއާރުޕީގެ ޒަޢީމުގެ ރަނިންގްމޭޓަކަށް ޑީއާރުޕީން ވަކިބޭފުޅަކަށް ބުރަވާކަމަށް ލިޔެފައިވާ ލިޔުމަކީ އެއްވެސް ހަޤީޤަތެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެއް ނޫންކަމަށް ޑީއާރުޕީން ހާމަކުރަމެވެ........ އިތުރަށް ވިދާޅުވޭ
^Top
ނޫސްބަޔާން
ނަންބަރު: NR 007/2008 A
ތާރީޚު: 04 މާރޗް 2008
ޒުވާނުންގެ ދުވަހު ނިޔާވި 5 ޒުވާނުންގެ އާއިލާއަށް ޑީއާރޕީން ތައުޒިޔާ ވިދާޅުވޭ.
އިއްޔެރޭގެ ދަންވަރުގެ ވަޤުތެއްގައި މާލޭގެ ރޯމަސް މާރުކޭޓްގެ ތެރޭގައިހުރި ވަޅެއްގެ މަސައްކަތްކުރުމަށް ޓަކައި އެވަޅަށް ފޭބީ ފަސްޒުވާނަކު މިދުނިޔެ ދޫކޮށް ދިޔަހިތާމަވެރި ޚަބަރު ދިވެހިރައްޔިތުންގެ ޕާޓީން އަޑުއެހީ ނުހަނު ފުން ހިތާމަޔާއި ، ހައިރާންކަމާއި އެކުގައެވެ.

އެނގިވަޑައިން ނަވާނެފަދައިން ޤައުމެއްގެ ތަރައްޤީއާއި ކުރިއެރުން ބިނާވެފައިވަނީ އެޤައުމެއްގެ މަސައްކަތްތެރި ޒުވާނުންގެ މައްޗަށެވެ. މިއަދު އަޅުގަނޑުމެން ޤައުމީފެންވަރުގައި ޒުވާނުންގެ ދުވަސްފާހަގަ ކުރަމުންދާއިރު ކުއްލި ގޮތަކަށް ޤައުމުގެ މަސައްކަތްތެރި ފަސްޒުވާނަކު މިދުނިޔެ ދޫކޮށް ދިޔަކަމީ އަޅުގަނޑުމެންގެ ދިވެހިރައްޔިތުންގެ ޕާޓީއަށާއި ދިވެހިޤައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ. ....... އިތުރަށް ވިދާޅުވޭ
^Top
ނޫސްބަޔާން
ނަންބަރު: NR 006/2008 A
ތާރީޚު: 19 ފެބްރުއަރީ 2008

ޑީ.އާރު.ޕީ. އިން ސިޔާސީ ކުޅިފަސް ހޯދުމަށް، ދީނީ މައްސަލަތަކުގައި ބަހުސެއް ނުކުރާނެ

މިމަހުގެ 16 ވަނަ ދުވަހުގެރޭ ޢިމާދުއްދީން ސްކޫލުގައި ބޭއްވުނު ޑީ.އާރު.ޕީ. ގެ 28 ވަނަ އާންމު ބައްދަލުވުމުގައި ޑީ.އާރު.ޕީ. ގެ ޒަޢީމު އަލްއުސްތާޛު މައުމޫން ޢަބުދުލްޤައްޔޫމް، އިޖްތިމާޢީ ހަމަޖެހުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ބައެއް މީސްމީހުން، އިސްލާމްދީނުގައި އޮންނަގޮތޭ ބުނެ، މުޖްތަމަޢު ބައިބައިވެ، ފިތުނަ އުފެދޭކަހަލަ ވާހަކަތަކެއް ދައްކަމުންދާތީ، އެކަމަށް އިޝާރާތް ކުރައްވައިވެސް ޒަޢީމު ވާހަކަފުޅު ދެއްކެވިއެވެ. ޒަޢީމްގެ ވާހަކަފުޅުގައި، އިސްލާމްދީނުގައި ޙަލާލު ކަންތަކާއި، ޙަރާމް ކަންތަކާއި، އަދި މުޖްތަމަޢުގައި އުޅެންވީ ރިވެތި އުސޫލުތައް، ކީރިތި ޤުރްއާނުންނާއި ކީރިތި ރަސޫލާގެ ސުންނަތުން އެނގެން އެބައޮތް ކަމަށާއި، މިކަންކަމާމެދު ޚިލާފު އުފެދޭގޮތަށް ވާހަކަތަށް ދައްކަމުންދާ ފަރާތްތަކާއެކު، ސިޔާސީ މައިދާނުން ބޭރުގައި، ....... އިތުރަށް ވިދާޅުވޭ
^Top
ނޫސް ބަޔާން
ނަންބަރު: NR 002/2008 A
ތާރީޚު: 14 ޖެނުއަރީ 2008

ރައްޔިތުންގެ ޚާއްޞަމަޖިލީހުން މިއަދު ފާސްކުރެއްވި މާއްދާގެ ސަބަބުން ރައީސުލް ޖުމްހޫރިއްޔާކަމަށް ޑީ.އާރު.ޕީ.ގެ ޒައީމު ކުރިމަތި ލެއްވުމުގެ މަގު ފާޅުކަން މަތީ ހުޅުވުނު ހުޅުވުން ޑީ.އާރ.ޕީ. އިން އުފަލާއެކު ފާހަގަކޮށް އެކަމަށް މަރުޙަބާ ކިޔާ

މިއަދު މެންދުރުފަހު އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީސްގެ 238 ވަނަ ޖަލްސާގައި ޤާނޫނު އަސާސީގައި ހިމެނޭ "ރައީސުލް ޖުމްހޫރިއްޔާ" މިބާބުގެ ބައެއް މާއްދާ ފާސްކުރުމުގައި، އަލަށް ފާސްކުރެވޭ ޤާނޫން އަސާސީގެ ދަށުން އެއްވެސް މީހަކަށް ރައީސުލް ޖުމްހޫރިއްޔާކަން ކުރެވޭނީ ޖުމްލަ 2 ....... އިތުރަށް ވިދާޅުވޭ

^Top
ނޫސް ބަޔާން
ނަންބަރު: NR 001/2008 A
ތާރީޚު: 08 ޖެނުއަރީ 2008

ރައީސްމައުމޫނުގެ ހަށިކޮޅަށް ވަޅިން ހަމަލާއެއްދޭން މަސައްކަތްކުރި ފަރާތުގެ ފިނޑި ޢަމަލުން އެމަނިކުފާނު ސަލާމަތްކުރެއްވި ކަމަށްޓަކާ މާތްﷲ ކިބަފުޅަށް ޝުކުރުވެރިވުމާއެކު، އެޢަމަލު ދިވެހި ރައްޔިތުންގެ ޕާޓީން އެންމެ ހަރުކަށި ޢިބާރާތުން ހަރުއަޑުން ކުށްވެރިކުރޭ.


ރައީސް މައުމޫނުގެ ހަށިކޮޅަށް ވަޅިން ހަމަލާއެއްދޭން މަސައްކަތްކުރި ފަރާތުގެ ފިނޑި ޢަމަލުން އެމަނިކުފާނު ސަލާމަތް ކުރެއްވިކަމަށްޓަކާ މާތްﷲގެ ކިބަފުޅަށް ޝުކުރުވެރި ވުމާއެކު، އެ ފިނޑި ޢަމަލު ދިވެހި ރައްޔިތުންގެ ޕާޓީން އެންމެ ހަރުކަށި ޢިބާރާތުން ހަރުއަޑުން ކުއްވެރިކުރަމެވެ......................... އިތުރަށް ވިދާޅުވޭ

^Top
ނޫސް ބަޔާން
ނަންބަރު: NR 2007/45 A
ތާރީޚު: 27 ޑިސެމްބަރ 2007


2008 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރުމުގައި ޑީއާރުޕީއަށް ނިސްބަތްވާ މެންބަރުން އަދާ ކުރެއްވި ފުރިހަމަ ރޯލަށް ޓަކައި އެމެންބަރުންނަށާއި ބަޖެޓަށް ވޯޓް ދެއްވި އެހެން މެންބަރުންނަށް ޑީއާރުޕީއިން ޝުކުރު އަދާ ކުރޭ



ރައްޔިތުންނަށް ބޭނުންވެފައިވާ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަށާއި ގައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފުދުންތެރިކަން ރަނގަޅު ކުރުމަށްޓަކައި އެކުލަވާލެވި ފައިވާ 2008 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރެއްވުމުގައި ޑީއާރުޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސްގެ މެންބަރުން އަދާކުރެއްވި ދައުރާއި ކުރެއްވި މަސައްކަތް ޕާޓީއިން ފާހަގަކޮށް، އެބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަމެވެ........................ އިތުރަށް ވިދާޅުވޭ

^Top
ނޫސް ބަޔާން
ނަންބަރު: NR 2007/44 A
ތާރީޚު: 05 ޑިސެމްބަރ 2007

މާލޭގައި ހިންގަމުންގެންދާ މާރާމާރީއާއި އަނިޔާވެރިކަމުގެ ޢަމަލުތައް ހުއްޓުވާ، ރަށުތެރެއަށް އަމަން އަމާންކަން ގެނެސްދިނުމަށް ކަމާބެހޭ އިދާރާތަކަށް ދިވެހިރައްޔިތުންގެ ޕާޓީއިން ގޮވާލާ



ފަހަކަށް އައިސް މާލޭގައި ހިންގަމުންގެންދާ މާރާމާރީއާއި، އަނިޔާވެރިކަމުގެ ޢަމަލުތައް ހުއްޓުވާ، ރަށުތެރެއަށް އަމަން އަމާންކަން ގެނެސް، ރައްޔިތުންގެ ހިތްތަކަށް ހިތްހަމަޖެހުން ފޯރުވައިދިނުމަށް ޓަކައި ޤާނޫންތަކުގެ އިމުގެ ތެރެއިން އަވަސްއަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ދިވެހި ރައްޔިތުންގެ ޕާޓީއިން ގޮވާލަމެވެ.
މާލޭގައި ފެށިގެން ހިނގަމުންދާ ސިލްސިލާ ޙަމަލާދިނުމާއި، މާރާމާރީތައް ނުހުއްޓި ކުރިއަށް ދިއުމަކީ ޑީއާރުޕީއިން ކަންބޮޑުވާކަމެކެވެ. އެހެންކަމުން މިހަމަނުޖެހުންތައް ހުއްޓުވައި ރަށުތެރެ އަށް އަމާންކަން ގެނައުމަށްޓަކައި މިޕާޓީން ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށާއި މިކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެހީއާއި އެއްބާރުލުން ދިނުމަށް ޑީއާރުޕީއިން ތައްޔާރަށް އޮތްކަމުގައި ހާމަކުރަމެވެ. ....................... އިތުރަށް ވިދާޅުވޭ

^Top
© 2006 Dhivehi Rayyithunge Party
Drp Council |Women's Wing | Youth Wing | Press Release | island Chapters | Spceial Chapters | Sitemap